ގުރުއާން ފޮތުގައި އާޔަތްތައް ނުބައިކޮށް ލިޔެފައި ހުންނަތާ 5 އަހަރު!

ޚަބަރު ފަހުގެ

ކުށްތައް ފާހަގަކުރެވިފައިވާ އިސްލާމް އާއި ގުރުއާން ފޮތްތަކަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ގައުމީ އާ މަންހަޖުގެ ދަށުން ކިޔަވައި ދިނުމަށް 2015 ގައި ޗާޕުކުރި މި ފޮތްތަކުގައި އޭރުއްސުރެ އެ ކުށް އޮތް ކަމަށާއި، އެހެންނަމަވެސް އެކުށް ތައް ފާހަގަ ކުރެވުނީ ދާދިފަހުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ގްރޭޑް 12 ގެ އިސްލާމް ފޮތަކީ ވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްލާމިކް މިނިސްޓްރީން ފާސްކޮށްގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

”ފޮތްތަކުން ކުށް ފެނުމަކީ އާންމުކޮށް ދިމާވާ މައްސަލައެއް. ނަމަވެސް ގުރުއާނުގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެކަން ގަބޫލުކުރަން. މި ކަމުގައި އިހުމާލެއް އޮތްތޯ އަޅުގަނޑުމެން ބަލާނަން.“ މިނިސްޓަރު ވިދާޅުވި އެވެ.

ކުށްތައް ފާހަގަކުރެވުނު ފޮތްތަކުގެ އިތުރުން ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ގުރުއާން ފޮތްތައް ނަގައި ރިވިއު ކުރަން ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ