މިއަހަރުގެ އޯގަސްޓު މަހު އިމްޕޯޓް/އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 182 އިންސައްތަ އިތުރުވެއްޖެ

ޚަބަރު ފަހުގެ

މިއަހަރުގެ އޯގަސްޓު މަހު އިމްޕޯޓް/އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 182 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އާންމުކުރި އޯގަސްޓު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހު 102 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 288 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅާބަލާއިރު 182 އިންސައްތަ ވަނީ އިތުރުވުމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ވަނީ 63 އިންސައްތަ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 3.5 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ފާއިތުވި އޯގަސްޓު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ ، ޗައިނާ އަދި ޔޫ.އޭ.އީ އިންނެވެ. އިންޑިއާ އިން 492 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 458 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީ އިން 447 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ވޭތުވެދިޔަ އޮގަސްޓް މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، އިނގިރޭސިވިލާތް އަދި ޖަރުމަންވިލާތަށެވެ.

އޯގަސްޓޔު މަހު ރޯޔަލްޓީގެ ގޮތުގައި 7،028،142.00 (ހަތް ބިލިއަން އަށާވީސް ހާސް އެއްސަތޭކަ ސާޅީސް ދެ) ރުފިޔާ ވަނީ ލިބިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ