16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަނީ

ޚަބަރު ފަހުގެ

16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ

ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޝަން (އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ)ގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާކަމަށެވެ. އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މި މަހުގެ ތެރޭގައި ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެއިތުރުން މާލެ ސަރަހައްދުން، 18 އަހަރު ނުވާ ފިރިހެން ކުއްޖަކަށް 18 އަހަރު ނުވާ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ފެންމަތިވެފައިވާއިރު 16 އަހަރުގެ އަންހެން ކުއްޖަކަށް ޓެކްސީ ޑްރައިވަރަކު ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ