އެޗްއާރްސީއެމްގެ މެންބަރު ކަމަށް ސަމާއު އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފި

ޚަބަރު ފަހުގެ

ހުސްވެފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމުގެ މަގާމަށް ގދ. ތިނަދޫ/ އަސާގެ، ސަމާއު އަހުމަދު ނަޖީބު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެޗްއާރްސީއެމަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 14 ނަމެއް މަޖިލީހަށް ފޮނުއްވި އިރު، ސަމާއު އަކީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީންވެސް ފާސްކޮށްފައިވާ ނަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ އެޗްއާރުސީއެމްގެ މެންބަރަކަށް އައްޔަން ކުރަން ފާސްކުރީ، މިއަދުގެ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީއެއްގެ ގޮތުގައި ހުންނެވި ސަމާއު ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައި މެލްބަން ލޯ ސްކޫލުން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލު ކުރައްވައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ