ހދ ހަނިމާދޫ އަލިރޯނު އުމްރާ ދަތުރު 2021ގެ ނަސީބުވެރި ފަރާތް ހޮވައިފި

ހަނިމާދޫ ޚަބަރު އިޖުތިމާޢީ ފަހުގެ

ހދ ހަނިމާދޫ އަލިރޯނު އުމްރާ ދަތުރު 2021ގެ ނަސީބުވެރި ފަރާތް މިރޭ ހޮވައިފިއެވެ.

މިރޭ ކްލީން އެނަރޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އޮފީހުގައި ބޭއްވި މިގުރުއަތުލުމުގެ ނަސީބު ވެރިފަރާތެއް ހޮވުމުގެ ގޮތުން ގުރު ނަގައި ދިނީ ހަައްވާ ޔަލްވީ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިރޭ ނެގި އަލިރޯނު އުމްރާ ދަތުރު 2021 ނަސީބުވެރި ފަރާތަކީ މުހައްމަދު އަލީ ، ޝަބުނަމްގެ ޑީކޯޑަރު ނަންބަރު 175249 އެކެވެ.

އަލިރޯން ޕްރައިވެޓް ލިމިޓެޑްގެ އޮޕަރޭސަން މެނޭޖަރު އަހުމަދު ހަބީބު ގޮށްކޮޅަށް މައުލޫމަތު ދެމުން ވިދާޅުވީ މިރޭ މިނެގިގެން މިދަނީ 1 ޖެނުވަރީ 2020 ން 30 ޖޫން 2020 ގެނިޔަލަށް 15 ދުވަހަށްވުރެން އިތުރަށް ޚިދުމަތް ކެޑިފައި ނުވާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތެކެވެ.

ކުރިން މި ދަތުރުގެ ނަސީބު ވެރިއެއް ހޮވުމަށް ހަމަޖައްސާފައި ވަނީ 1 ޖެނުވަރީ 2020 ން 31 ޑިސެންބަރު 2020 މުއްދަތަށެވެ. އަލިރޯނު ޕްރައިވެޓް ލިމިޓެޑުން ދެމުން ގެދިޔަ ކޭބަލް ޓީވީގެ ޚިދުމަތް 1 ޖުލައި 2020 ގައި ކްލީން އެނަރޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުވުމުން ޕްރޮމޯޝަން އަވަސް ކުރީ ކަމަށް ވެސް ހަބީބު މައުލޫމާތު ދެއެވެ.

ނަސީބުވެރި ފަރާތަށް ލިޔުން ދެތިން ދުވަސް ތެރޭ ހަވާލު ކުރެވޭނެ ކަމަށްވެސް ހަބީބު މައުލޫމާތު ދެއެވެ. މިއީ މިފަދަ އިނާމެށް ލިބޭގޮތަށް ހަނިމާދޫގައި ބޭވި ފުރަތަމަ ހަރަކާތްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ