40 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޚަބަރު ފަހުގެ

މުސާރަ ނުލިބިގެން އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން ކުރި އިހުތިޖާޖުގައި، ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ތެރެއިން 40 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، ބިދޭސީން ކުރި މުޒާހަރާ ކޮންޓްރޯލް ކުރަންދިޔަ ފުލުހުންނާއި ކުރިމަތިލައި ބިދޭސީން ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނަށް އަނިޔާވެފައި ވާކަމަށާއި، އަދި ފުލުހުންގެ ވެހިކަލަކަށްވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން މިހާރު ވަނީ މިހަމަނުޖެހުންތައް ކޮންޓްރޯލްކޮށްފައެވެ. އަދި މިވަގުތު ބިދޭސީން ވަނީ، އެމީހުން މަސައްކަތްކުރާ ސައިޓުގެ ތެރެއަށް ވައްދާފައެވެ.

ފުލުހުންނާއި ކުރިމަތިލި ބިދޭސީން ވަނީ ފުލުހުންނާއި ދިމާއަށް ގަލާއި ވެއްޔާއި ލަކުޑިފަދަ ތަކެތި އުކާފައެވެ. ބިދޭސީންގައު އުކުމުގެ ސަބަބުން ފުލުހެއްގެ ބޯފެޅުނު ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ