ހަނިމާދޫ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލްގެ އިންޓަރވިއުގެ ނަތީޖާއީން އެންމެ ކުރީގައީ އާސިފް

ހަނިމާދޫ ޚަބަރު ފަހުގެ

ލާމަރުކަޒީ ގާނޫނުން އެންމެ ފަހުގެ އިސްލާހުގައި ވާގޮތުން ކައުންސިލްތަކުގެ އެންމެ އިސް ސިވިލް ސާރވިސްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާނީ ސެކެރެޓަރީ ޖެނެރަލްއެވެ. ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް މުވައްޒަފަކު އައްޔަން ކުރާނީ 5 އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާރވިސް ކޮމިޝަނުންނެވެ. މި ސެޕްޓެމްބަރ މަހުގެ ތެރޭގައި ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުގައި މި މަޤާމް ހަމަޖައްސާފައިވެއެވެ. ހަނިމާދޫ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމަށް 2 ފަރާތަކުން ކުރިމަތި ލާފައި ވާކަމުގެ މައުލޫމާތު ގޮށްކޮޅުގެ ކިޔުންތެރިންނާއި ހަމައަށް މީގެ ދުވަސްކޮޅެއް ކުރިން ވާނީ ގެނެސްދީފައެވެ. 

ސިވިލް ސާރވިސް ކޮމިޝަނުން މި ހުސްވި ހަފްތާ ބުރާސްފަތި ދުވަހު އެ ކޮމިޝަންގެ ވެބްސައިޓްގައި ހަނިމާދޫ ކައުންސިލްގެ ސެރެޓެރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލީ ބޭފުޅުންގެ އިންޓަރވިއުގެ މަރުހަލާ ނިންމާ ނަތީޖާ ޝީޓްވަނީ ޕަބްލިޝްކޮށްފައެވެ. ނަތީޖާ ޝީޓުން ދައްކާ ގޮތުން 1 ވަނަ އަށް ދިޔަ ފަރާތުން ވަނީ ސެކެރެޓަރީ މަޤާމަށް މީހުން އައްޔަން ކުރުމަށް ސިވިލް ސާރވިސް ކޮމިޝަނުން ބަލާ ހުރިހާ މިންގަނޑުތަކަކުން މަޤާމަށް ވާދަކުރި ފަރާތުގެ މައްޗަށް ކުރި ހޯދާފައެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބަލާ މިންގަނޑު ތަކަކީ ތައުލީމާއި، ތަޖްރިބާ، އިމްތިހާނާއި، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއެވެ.  

އިޝްތިހާރު
އިޝްތިހާރު

ގޮށްކޮޅަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި 1 ވަނަ ދިޔަ ފަރާތަކީ ހދ. ހަނިމާދޫ، ނޫރާނީއާގޭ، މުހައްމަދު އާސިފެވެ. ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އާސިފަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ހިންގުމުގެ ދާއިރާގައިވެސް ތަޖްރިބާހުރި ފަރާތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާސިފަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވާފައިވާ ފަރާތެކެވެ.

20 ޖޫން 2021 ގައި ސިވިލް ސާރވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ސެކެރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ކައުންސިލްގެ އިދާރީ ހިންގުމުގެ ޒިންމާ ނެގުމާއި، ކައުންސިލްގެ މެމްބަރުންނަށް ޤާނޫނީ ގޮތުން ލަފާ ދިނުމާއި، ކައުންސިލްގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުވައި ދިނުމަށް ކައުންސިލްއިން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އިދާރީ ގޮތުން ޒިންމާވުމާއި، ކައުންސިލްގެ ލަފާގެ މަތިން މާލީ ޒިންމާތައް އަދާކުރުމާއި، ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ތަބާވާކަން ކަށަވަރު ކުރުމަކީ ސެކެރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.   

ފޮޓޯ : ފޭސްބުކް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ