ޔާމީންގެ ވެރިކަން ބަދަލުކުރަން އުޅެވުނީތީ ހިތާމަކުރަން: އަލީ ވަހީދު

ޚަބަރު ފަހުގެ ސިޔާސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އުޅެވުނީތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ އިނގިރޭސިވިލާތުގައި ހުންނަވައިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އަލީ ވަހީދު ވިދާޅުވީ މި ވެރިކަމާއި ދޭތެރޭ ހިތާމަކުރާ ކަމަށާއި މި ވެރިކަން ގެންނަން މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދޭ ކަމަށެވެ.

“އަޅުގަނޑު ރައީސް ޔާމީންގެ ވެރިކަން ރައްޔިތުންގެ އިންތިހާބުން ބަދަލުކުރުމަށް މަސައްކަތް ކުރިން. މިއަދު އެކަމާ ހިތާމަކުރަން” އަލީ ވިދާޅުވިއެވެ.

އަދި ޔާމީން މިރެއިން މިރެއަށް މިނިވަން ކުރަން ޖެހޭ ކަމަށާއި އެމްއެމްޕީއާރުސީގެ މައްސަލާގައި ޔާމީންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެވޭނެކަން މި ސަރުކާރަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުން މި ސަރުކާރު ވެރިކަމަށް އައިއިރު ޔާމީން ޖަލަށްލާން ނިންމާފައި ނުވާ ކަމަށާއި ނަމަވެސް ޕީޕީއެމް/ޕީއެންސީން ބޭއްވި ބޮޑު ދެތިން ޖަލްސާއާއެކު ޔާމީން ޖަލަށްލާން ސަރުކާރުން ނިންމި ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ މައްޗަށް ވަނީ އިތުރު ދެ ދައުވާއެއް ވެސް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ