ރައީސް ޞާލިހުގެ ތަގުރީރަށް ފަލަސްތީނުގެ ޝުކުރު

ޚަބަރު ފަހުގެ

ފަލަސްތީނުގެ މިނިވަން ދައުލަތް ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގޮވާލުމާއި ގުޅިގެން ފަލަސްތީނުން ޝުކުރު އަދާކޮށްފިއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ދިވެހިން ބޭނުންވަނީ އދ.އިންނާއި މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށްކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ފަލަސްތީނުގެ ދިފާއުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅަށް ފަލަސްތީނު ސަރުކާރުން ވަނީ އުފަލާއެކު މަރުހަބާ ދަންނަވާފައެވެ. އަދި އދގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަން ރައީސް ސާލިހުއަށް ލިބިވަޑައިގަތް ފުރުސަތުގައި ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ނުހައްގު އަނިޔާތަކާއި ދެކޮޅަށް ވަކާލާތު ކުރެއްވީތީ ފަލަސްތީނުގެ ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަނުގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވީ ކުޑަ ދައުލަތެއް ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން އދގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކޭނެ ސަބަބެއް އެބައޮތްކަމަށާއި އެއީ ދުނިޔެއިން ދިވެހިރާއްޖެ ބަލައިގެންފައިވުންކަމަށެވެ. އަދި މިލިއަނުން ޢަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ ވިދާޅުވެ ރައީސް ސާލިހު ވަނީ ބައިނަލްއަގުވާމީ މުޖްތަމައުއާ ސުވާލުކުރައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވި ދިވެހިން ބޭނުންވަނީ އދ.ންނާއި މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގާ ފަލަސްތީނު ބަލައިގަންނެ، އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި ހައްޤުތަކާއި އިމްތިޔާޒާއި އިޚްތިޔާރުތައް ދޫކޮށްލުންކަމަށެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ..

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ