އެމްޑީޕީ ކައުންސިލަރުންގެ ފުރަތަމަ މަސްދުވަހު އަޅަންބުނި މިސްކިތް ބަލާލައިފިންތަ؟

ހަނިމާދޫ ޚަބަރު ފަހުގެ

” ހަނިމާދޫގައި މިސްކިތެއް އަޅަން ބިންދައްކަން ސަރުކާރުން އެދޭތާ ހަތް މަސް ވަނީ..އެބޭފުޅުންނަކަށް ބިމެއް ނުދެއްކުން..އަޅުގަނޑުމެނަން އިތުބާރުކުރައްވާ..އަޅުގަނޑުމެން އަންނަތާ މަސް ދުވަސް ނުވެ ހަނިމާދޫގައި ބިން ދައްކާނަން..މިސްކިތް އަޅާނެބިން ދައްކާނަން..ހަމަ ޔަގީންކަން މިދެނީ މިސްކިތް އަޅާނަން…” މިއީ އެމްޑީޕީއިން ކައުންސިލް އިންތިހާބުގެ ކެންޕޭން ނިންމާލި ދުވަހު ގޮވި ތަފާތު ގޮވެލިފަތީގެ ގޮވެލިން އެއް ގޮވެއްޔެވެ.

އެމްޑީޕީ ކައުންސިލަރުން

ސަރުކާރުން މިސްކިތެއް އަޅަން ބިމެއް ދޭން އެދުމުން އެއިރުގައި އޮތް އެމްޑީޕީ ސްޕަމެޖޯރެޓީ ކައުންސިލުންވަނީ ބިން ހަމަޖައްސައިދީފައެވެ. އެބިން ހަމަޖައްސައިދީފައިވަނީ 28 މާޗް 2021 ވަނަ ދުވަހުއެވެ. އެދުވަހުވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް 15959 އަކަފޫޓްގެ ބިމެއް ރަޖިސްޓަރީކޮށްދީފައެވެ. އެކަންވަނީ މިނިސްޓްރީއާ ހިއްސާވެސްކޮށްފައެވެ. ވީމާ، މިހާރު ތިބި އެމްޑީފީ ކައުންސިލުން ގޮވި ގޮވެލީގެ ފުރަތަމަ ބައިގައި ވެސް އަސްލެއް ނެތެއްނޫންތޯއެވެ.

އިޝްތިހާރު
އިޝްތިހާރު

ދެން އޮތީ އިތުބާރު ކުރާށެވެ. އިތުބާރުކުރާނީ ކިހިނެއްހެއްޔެވެ. އެދުނު ހުރިހާ ކަމެއް ކޮށްދިނީމާވެސް ލިބެނީ ސުމެއްވިއްޔާއެވެ. ބަޖެޓް ކުރެވިފައިވާ ޕޮރެޖެކްޓްތައްވެސް ކުރިޔަށް ނުގޮސް ފަސްއެޅި ވަޅުޖެހިފައިވާތަން މިވަނީ ފެނިފައެވެ.

ދެން ތިޔަވިދާޅުވަނީ “އަޅުގަނޑުމެން އަންނަތާ މަސް ދުވަސްނުވެ ހަނިމާދޫގައި ބިން ދައްކާނަން..މިސްކިތް އަޅާނެ ބިން ދައްކާނަން..ހަމަ ޔަގީންކަން މިދެނީ މިސްކިތް އަޅާނަން..” ވާހަކައެވެ.

ތިބޭފުޅުން ހުވާކުރެއްވީ 17 މޭ 2021 ވަނަ ދުވަހު ނޫންހެއްޔެވެ؟ އެއަށްފަހު ކިތަށް އެއް މަސް ފާއިތުވެގެން ހިނގައްޖެނޫންހެއްޔެވެ؟ ހަމަ ގައިމުވެސް އަޅުގަނޑު ބަލާ ކަލަންޑަރުން 6 މަސް ވެއްޖެއެވެ. ކުރީ ކައުންސިލުން ބިން ދީފައި އޮތްކަން ލިޔެކިޔުމުން ފެންނަން އެބަހުއްޓެވެ. އާއްމު މީހާ ބަލާލާވަރުވެސް، ބޮޑު ޒިންމާއެއް ނަގައި ކޮނޑަށްލުމަށް، ރައްޔިތު މީހާ ކައިރިއަށް ވޯޓަށް އަންނަ މީހާ ބަލާލުމެއް ނެތީ ހެއްޔެވެ؟ އައިސް ހިޔާލީ ހަގީގާތެއް ނެތް ވާހަކަ ދެއްކުމަކީ މާ މޮޅުކަމަކީ ހެއްޔެވެ؟

އެއް މަސް ދުވަހުން އަޅަންބުނި މިސްކިތްވެސް އެހެން މަސްރޫޢުތައް ގޮތަށް 2021 ނިމޭއިރުވެސް ނުފެނާނެބާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ