މައިކް ޓެސްޓު ކުރަން ވިޔަސް، ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން: ޑރ. އިޔާޒް

ޚަބަރު ފަހުގެ ދީން

މައިކް ޓެސްޓު ކުރަން ވިޔަސް، އަދި މަޖަލަކަށް ވެސް، މާތް ނަބިއްޔާ (ޞޢވ)އަށް ފުރައްސާރަ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ، ށ. ފޯކައިދޫގައި ސުކޫލުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ހާޒިރުގައި ރަސޫލާ (ޞޢވ)އަށް ފުރައްސާރަވާ ފަދަ ގޮތަކަށް މަދަހައެއްކީ މައްސަލައެއް ފެންމަތިވުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ވީޑިޔޯގައި ފެންނަނީ ރަސޫލާއަށް ނިސްބަތްކޮށް ކިޔައިފައިވާ މަދަހައެއްގެ އެއް ކަޑި ކިޔުމަށް ފަހު ދެވަނަ ކަޑިއަށް މުޅިން އެހެން ވާހަކައެއް ހަމަ އެރާގުގައި ކިޔާ މަންޒަރެވެ. އެއާ އެކު ހޯލުގައި ތިބި ދަރިވަރުން ހޭން ފަށާ އަޑު އިވެއެވެ.

މިކަމާ ގުޅޭގޮތުން ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރުމަކީ ބޮޑު ވެގެންވާ ޙަރާމް ކަމެއް ކަމަށެވެ. އަދި އެކަން ކުރި ފަރާތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ޓެގް ކުރައްވައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ