މުއްދަތު ހަމަވެފައިވާ އައިޑީކާޑުން އެތެރޭގެ ދަތުރުތައް މިހާރު ކުރެވޭނެ

ޚަބަރު ފަހުގެ

މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓްސް، އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް އޭވިއޭޝަން ސެކިޔުރިޓީ، ހުސައިން ނަޒީފް ސޮއިކުރައްވައި ނެރުނު ސާކިޔުލާއެއްގައި ބުނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރާ ލިޔުންތައް ހޯދުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަން ހައްލުކުރުމަށްޓަކާ ބައެއް ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އޭގައި ހިމެނޭ މައުލޫމާތުތައް ސާފުކޮށް އެނގޭނަމަ އެތެރޭގެ އުދުހުންތަކުގައި ޗެކް އިން ވުމަށާއި ޓިކެޓު ގަތުމަށް އަދި ސެކިޔުރިޓީ ޗެކް ޕޮއިންޓުތަކުން ކާކުކަން ދެނެގަތުމަށް އެ ލިޔުންތައް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން މުއްދަތު ހަމަވެފައިވީ ނަމަވެސް ބޭނުންކުރެވޭނެ ލިޔުންތައް:

  1. ޕާސްޕޯޓު
  2. އައިޑީކާޑު
  3. ވޯކް ވިސާ ކާޑު
  4. ލައިސަންސް ކާޑު
  5. އެއާޕޯޓު ސެކިޔުރިޓީ ފާސް
  6. ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ