އައްޑޫގެ ކުރީގެ މޭޔަރު ސޯބެއަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި

ޚަބަރު ފަހުގެ ސިޔާސީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޕްލޭނިން، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ސ.ހިތަދޫ/ ކައުސަރު، އަބްދުﷲ ސޯދިގު (ސޯބެ) މިއަދު އައްޔަން ކުރައްވައިފި އެވެ.

އައްޑޫ ސިޓީގެ މޭޔަރުކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވާފައިވާ ސޯބެއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އޭނާއަށް ވަނީ މަގާމުގެ ލިޔުން ހަވާލު ކުރައްވައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ސޯބެ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލުކުރައްވައިފަ އެވެ.

ސޯބެއާއެކު ހައުސިން މިނިސްޓްރީގައި މިވަގުތު ހަތަރު ސްޓޭޓް މިނިސްޓަރުން ތިއްބަވާނެ އެވެ. އެއީ އަކްރަމް ކަމާލުއްދީނާއި ޝިފާޒް އަލީގެ އިތުރުން މުހައްމަދު އަލީ އެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000 ރުފިޔާ އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000 ރުފިޔާގެ ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ