ފަރެސްމާތޮޑާ އެއާޕޯޓް ރަންވޭގެ އޭބީސީ ފަށަލަ އަޅަން ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސްފި

ޚަބަރު ފަހުގެ

ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ ކުރިން އޭބީސީ ލޭޔަރު (އެގްރިގޭޓް ބޭސް ކޯސް) ހެދުމަށްޓަކައި ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސްފި އެވެ.

ޖުމުލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީން ބުނީ، ފަރެސްމާތޮޑާ އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއާޕޯޓް ފަޔާ ބިލްޑިންގެ ސްޓްރަކްޗަރަލް މަސައްކަތްތައް ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. އެގޮތުން އެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ޑޮލަރަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ