ހަނިމާދޫގައި ޤައުމީދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ 78ވަނަ ޤައުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ހދ.ހަނިމާދޫ ކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.

ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކުރުމުގެ މަޤުޞަދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ހދ.ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަނެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ އެންމެހާ ޙާޟިރީން ބައިވެރިވި ޤައުމީ ސަލާމު ކިއުމަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތުގައި ހަނިމާދޫގައި ހުރި މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ފުނަދޫ އތމ ކޮމެޓީން ބައިވެރިވިއިރު ހަނިމާދޫ ސްކޫލްގެ ޔުނީފޯމް ޙަރަކާތްތައް ކަމަށްވާ ސްކައުޓް އަދި ކެޑޭޓުން ބައިވެރި ވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ