ވިސާއާ ނުލައި އިންޑިއާއަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައިފި!

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ކުރިއެކޭވެސް އެއްގޮތަށް ދިވެހިންނަށް ވިސާއާ ނުލައި އިންޑިއާއަށް ދެވޭ ގޮތް ހަމަޖައްސައިފި އެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ވިސާއާ ބެހޭ އާ އެގްރިމެންޓެއްގައި ސޮއިކުރީ ޑިސެމްބަރު 2018 ގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

އާ އެއްބަސްވުމަށް މާޗް 11، 2019 އިން ފެށިގެން އަމަލުކުރަން ފެށި އިރު، އެއްބަސްވުމުގެ ދަށުން ބޭސްފަރުވާއަށާއި ވިޔަފާރިއަށް އަދި ޓޫރިޒަމަށް އިންޑިއާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާ ނުލައި 90 ދުވަހަށް އިންޑިއާގައި ހުރެވޭނެ އެވެ. އަދި ދިވެހި ޒުވާނުންނަށް ހިލޭ ސްޓޫޑަންޓް ވިސާވެސް ދެ އެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު 23 އިން ފެށިގެން އިންޑިއާގެ ބައިނަލްއަގުވާމީ ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ހުރިހާ ކެޓަގަރީއެއްގެ އިންޑިއާ ވިސާ ދިނުން ވަނީ ހުއްޓާލައިފަ އެވެ.

އަދި މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް އެގައުމަށް އެތެރެވެވޭ ގޮތަށް ލުއި ދިނެވެ. ނަމަވެސް އެކަމަށް ވިސާ ނަގަންޖެހެ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް ވިސާއާއެކު ބޭސްފަރުވާއަށް 14،000 އަށްވުރެ ގިނަ ދިވެހިން އިންޑިއާއަށް ދަތުރުކޮށްފައިވެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ، ކުރިއެކޭވެސް އެއްގޮތަށް މިމަހުގެ 15 އިން ފެށިގެން ބޭސްފަރުވާއަށާއި ވިޔަފާރިއަށް އަދި ޓޫރިޒަމަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް، ހާއްސަ އުސޫލެއްގެ ދަށުން ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި އެ ލުއި ދޭން ނިންމީ، މިދިޔަ ހަތަރު ވަރަކަށް މަސް ތެރޭގައި އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުންވާ ދިވެހިންގެ އަދަދު އިތުރުވަމުންދާތީ ކަމަށްވެސް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ