ރާއްޖެ މޮޅުވުމުން ނާޗަރަންގީ ކުޅެން ނިންމާފައިވާތީ ވަރުގަދަ އިންޒާރަކުން އިންޒާރު ކުރައްވައިފި

ޚަބަރު ފަހުގެ

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މާދަމާރޭ ރާއްޖެއާއި، އިންޑިއާ ބައްދަލުކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ، ފައިނަލް މެޗާއި ހަމައަށް މިއުޒިކް ޝޯ ބާއްވަން ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވުމުން ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާއި، އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާރޭ 21:00 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

މަހްލޫފް މިއަދު ވިދާޅުވީ މުބާރާތުގެ ‏ފޯރިނަގައި، ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީއާއި، އުރީދޫއާއި، މާލޭ ސިޓީ ކައުންސިލާއި، އެފްއޭއެމް ގުޅިގެން މާދަމާ ހަވީރުން ފެށިގެން ކާނިވަލުގައި މެޗު ބެލުން ކުރިއަށްދާނެ ކަމަށެވެ.

”މިޔުޒިކް ޝޯވް ގެންދަން ވަނީ ރޭވިފަ. މޮޅުވެއްޖެނަމަ ފައިނަލް މެޗާއި ހަމަޔަށް ކޮންމެ ރެޔަކު ޝޯ ބާއްވާގޮތަށް.“ މަހްލޫފް ވިދާޅުވިއެވެ.

ކޮންމެރެޔަކު ޝޯ ބާއްވާގޮތަށް ނިންމާފައިވާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ވެސް ހިމެނިވަަޑައިގަންނަަވައެވެ.

މި ގޮތުން އައްޝައިޚް ޝަފީޢު ވިދާޅުވީ، ޝައިޠާނީ ބެރު ދުންމާރިއާއި،އެހެނިހެން މުންކަރާތްތަައް ހިމެނޭ ގޮތަށް އަންހެނުންނާއި ފިރިހެނުން އެއް ތަނަކަށް ޖަމާވެ، މަސްހުނިވެ، ފޯރިނަގައި ނާޗަރަންގީ ކުޅުމަކީ މަތިވެރި ރައްބުގެ ރުއްސެވުން ލިބޭނޭ ކަމެއްނޫން ކަމަށެވެ. އަދި އެކަމުން އެންމެ ބޮޑު ރުހުމެއް ލިބިގެން ދާނީ ޝައިޠާނާގެކަމަށް ވެސް ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

މަހްލޫފަށް ޓެގް ކުރައްވައި ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރެއްވި ޓުވީޓެއްގައިވަނީ، އެތައް ރައްޔިތުންތަކެއް އެ މީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބައި، ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތްތަކުގައި ތަޅައި ހުސްކުރަން ކުރައްވާ މަސައްކަތް ހުއްޓައިލެއްވުމަށް ގޮވައިލައްވާފައެވެ.

މީގެ އިތުރުން ޑރ.އިޔާޟް ވަނީ، ‏‎ނިޢުމަތެއް ދެއްވީމައި ޝުކުރުވެރިވުމުގެ ބަދަލުގައި، ރައްބަށް އުރެދުންވާ ކަންތައްތަކުން ދުރުހެލިވާންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ