މަހުމޫދުގެ ޖަނާޒާ ބާއްވައިފި

ޚަބަރު ފަހުގެ

އދ. ދަނގެތީގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފިއެވެ.

މަހްމޫދުގެ ޖަނާޒާ ބާއްވާފައިވަނީ ހުކުރު ދުވަހު އަސުރު ނަމާދަށް ފަހު އެވެ. މަހުމޫދުގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މަހުމޫދުގެ ހަށިގަނޑު މާލެ ގެނެސް ވަނީ ޓެސްޓުތަކެއް ހަދާފައެވެ.

މަހުމޫދުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅިން ހަމަލާދީފައިވާވެއެވެ. އެގޮތުން ކަރަށާއި ބޮލަށް ވަޅީގެ އެތައް ހަމަލާއެއް އަމާޒުކޮށްފައިވެއެވެ.

މި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނގެއްޗަށް ގޮސްފައިވާއިރު، މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މަހްމޫދުގެ މަރާއި ގުޅިގެން ދަނގެތީ މިވަގުތު ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، މަހްމޫދުގެ އަންބަކާއި ހަތަރު ދަރިން އެބަ ތިއްބެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ