ލައިފް ޖެކެޓް ނުހުންނަ އުޅަނދުތަކުގެ ހުއްދަ ބާތިލުކުރަނީ

ޚަބަރު ފަހުގެ

ލައިފް ޖެކެޓް ނުހުންނަ އުޅަނދުތަކުގެ ހުއްދަ ބާތިލުކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ

އެ އޮތޯރިޓީން މިރޭ ކުރި އިއުލާނެއްގައި ބުނީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވައިދުގެ ދަށުން ޖުމްލަ 11 ކަމެއް އަންނަ އަހަރުގެ ޖެނުއަރީ 16 ގެ ކުރިން ފުރިހަމަކުރަން އަންގާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ކަންކަމުގެ ތެރޭގައި އުޅަނދުތަކުން ދަތުރުކުރާ ފަރާތްތަކުގެ މެނިފެސްޓު އެނގެން އޮތުމާއި މިންގަނޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓާއި ލައިފް ބޮއި ހުުރުން ލާޒިމުކުރުން ހިމެނެއެވެ. އަދި “އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓިފިކެޓް” ހެއްދުމާއި “ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓިފިކެޓް” ހެއްދުމާއި “ސްވޭޖް ސެޓިފިކެޓް” ހެއްދުމާއި “އުޅަނދު ފަހަރު މަރާމާތު ކުރުމަށް އެހެލުމަށް ދޫކުރާ ލިޔުން” ހެއްދުމާއި ކެޕްޓަނުންނާއި ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ލައިސަންސް އަދި ސަނަދުތައް އޮތުން ވެސް ވަނީ ލާޒިމުކޮށްފައެވެ.

މީގެއިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުމާއި ވެސެލް ޓްރެކިން ޑިވައިސް ހަރުކުރުމާއި ކެޕްޓަނުންނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށައެޅުމާއި މުއާސަލާތީ އާލާތްތައް ހުރުން ވެސް ވަނީ ލާޒިމުކޮށްފައެވެ.

އެކަންކަން ފުރިހަމަނުވާ އުޅަނދުތަކަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓިފިކެޓް ބާތިލު ކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ