ކަނޑަށް ގެއްލުނު ކުއްޖާއެއް ނުފެނުނު، ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

ޚަބަރު ފަހުގެ

ކަނޑަށް ގެއްލުނު 4 އަހަރުގެ ކުއްޖާ ހޯދަން މިހާތަނަށް ކުރި މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާތީ، ކުއްޖާ ހޯދުމުގެ އޮޕަރޭޝަން ހުއްޓާލާފައި ވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ، އެ ކުއްޖާ ހޯދުމަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން މިހާތަނަށް 4706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ނިންމާފައި ވާކަމަށެވެ. އެހެން ނަމަވެސް އެ ކުއްޖާ އަދިވެސް ފެނިފައި ނުވާތީ، ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވާކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ދިމާވި ހާދިސާއެއްގައި އެ ކުއްޖާ ގެއްލުނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އޭރު ލޯންޗު ދަތުރުކުރަމުން ދިޔައީ ވ. ފުލިދޫއަށެވެ. އެ ކުއްޖާ ކަނޑަށް ވެއްޓުނީ، ޖެހި ރާޅަކާއެކު ލޯންޗުގެ ސަތަރިގަނޑު ފަޅައިގެންދިއުމުގެ ސަބަބުންނެވެ.

އެ ހާދިސާގައި އެ ކުއްޖާގެ މަންމަ ވަނީ މަރުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ