ރައީސް ޞާލިޙް ދުބާއީ އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދުބާއީގައި ކުރިއަށް ގެންދާ އެކްސްޕޯ 2020 އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ޞާލިޙްގެ ދެމަފިރިކަނބަލުން ދުބާއީ އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުން މަރުހަބާ ވިދާޅުވީ ޔޫއޭއީގެ މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާންއެވެ.

އިޝްތިހާރު
އިޝްތިހާރު

advertisement

އެކްސްޕޯގައި ރާއްޖޭގެ ޤައުމީ ދުވަހުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތުގައި ރައީސް ޞާލިޙް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދުބާއީއަށް ވަޑައިގަތީ އިއްޔެގައެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ އިތުރުން ރައީސް އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ