ނިޒާމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ނަޝީދާއި، ނާޒިމް ބައްދަލުކުރައްވަނީ

ޚަބަރު ފަހުގެ

ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިންތިޤާލީ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމަށް ދަޢުވަތު އަރުވައިފިއެވެ.

އެމްއެންޕީ ރަޖިސްޓްރީކުރުމާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި ނާޒިމް ވިދާޅުވީ ވެރިކަމުގެ ނިޒާމާގުޅޭ މަޝްވަރާ ކުރަން ރައީސް ނަޝީދު، އޭނާއަށް ދަޢުވަތު ދެއްވާފައިވާ ކަމަށެެވެ.

އިޝްތިހާރު
އިޝްތިހާރު

advertisement

ނާޒިމް ވިދާޅުވީ ވެރިކަމުގެ ނިޒާމު ފުރޮޅައިލުމަށް ހުރި ކަންކަން ބެއްލެވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށެވެ. އެހެންކަމުން ނަޝީދާއި ބައްދަލުކޮށް، ވިސްނުން ހާމަކުރައްވާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ހަމައެހެންމެ ނާޒިމް ވިދާޅުވީ ވެެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އެމްއެންޕީން މިހާތަނަށް ވަކި ގޮތެއް ނުނިންމާ ކަމަށާއި، އެކަމާ ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވަނީ އިދިކޮޅު ކޯލިޝަނުގެ ބައެއް މެންބަރުންނާ ވެސް ބައްދަލު ކުރައްވާފައެވެ. ނަމަވެސް އިދިކޮޅުން ބުނީ ސިޔާސީ އެއްވެސް މަޝްވަރާއެއް ކުރާނީ ރައީސް ޔާމިން މިނިވަންކުރުމުން ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރާ ވެސް ބައްދަލުކުރައްވާފައެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރަން ރައީސް ނަޝީދު ފައްޓަވާފައިވާއިރު، އެ މަނިކުފާނު އިއްޔެ ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައި ވެެރިކަމުގެ ނިޒާމާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ