ރިސޯޓް ހަދަން 10 އަތޮޅަކުން 18 ރަށް ބީލަމަށް ލައިފި

ޚަބަރު ފަހުގެ

ރިސޯޓު ތަރައްގީ ކުރުމަށް 10 އަތޮޅަކުން 18 ރަށެއް ބީލަމަށް ލައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ތަރައްގީކުރުމުގެ ތިންވަނަ މަރުހަލާގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލި އެ ރަށްތަކުގެ ތެރޭގައި ގިނައީ އެންމެ ފަހުން ބީލަން ހުޅުވާލައިގެން ނުވިކުނު ރަށްތެކެވެ.

އިޝްތިހާރު
އިޝްތިހާރު

މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އިއުލާން ކުރި ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށްތަކުގެ ތެރެއިން މިފަހަރުގެ ލިސްޓުގައި ނުހިމެނި ރަށްތަކަކީ ތ. ކަނިމީދޫ، ގދ. ކޑެވާރެހާ، ގދ. ދިގުރެހާ އަދި ގދ. ކޮޑެރަޓާ އެވެ.

މިފަހަރު އަލަށް ބީލަން ހުޅުވާލީ ރަށްތަކަކީ ހއ. މެދަފުއްޓާއި ށ. ކުޑަޅައިމެންދޫ އާއި ރ. އެއްތިގިލި ހިމެނޭ ގޮތަށް އަލިފުށި ފަޅުން 10 ހެކްޓަރާއި، ފ. އެނބުލުފުށި އަދި ފ. ޖިންނަތުގައު އެވެ.

ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތައް:

  • ހއ. މެދަފުށި – 10.90 ހެކްޓަރު
  • ހއ. އަލިދުއްފަރުފިނޮޅު – 3 ހެކްޓަރު
  • ހދ. ކުޑަފަރުފަސްގަނޑު – 1.20 ހެކްޓަރު
  • ށ. ކުޑަޅައިމެންދޫ – 14.70 ހެކްޓަރު
  • ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު – 20 ހެކްޓަރު
  • މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު – 4.28 ހެކްޓަރު
  • މ. މާއުސްފުށި – 10.40 ހެކްޓަރު
  • ފ. އެނބުލުފުށި – 1.00 ހެކްޓަރު
  • ފ. ޖިންނަތުގައު – 0.89 ހެކްޓަރު
  • ތ. ކާއްޑޫ – 3.9 ހެކްޓަރު
  • ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު – 3.54 ހެކްޓަރު
  • ލ. ކަށިދޫ – 3.1 ހެކްޓަރު
  • ލ. ބޮޑުމުންޏަފުށި – 3 ހެކްޓަރު
  • ލ. ދޮންބެރެހާ އަދި ހޮޅަރެހާ – 4.44 ހެކްޓަރު
  • ގއ. މާރެހާ – 17 ހެކްޓަރު
  • ގއ. ފުނަދޫވިލިގިއްލާ – 5 ހެކްޓަރު
  • ގދ. ކަނޑަހަލަގަލާ – 7.4 ހެކްޓަރު
  • ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް – 9.26 ހެކްޓަރު

ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ މި ރިސޯޓުތައް ނަގަން ޝައުގުވެރިވާ އިންވެސްޓަރުންނަށް ނޮވެމްބަރު 4، 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އަދި ޖެނުއަރީ 20، 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކަށް ފަހު، ބީލަން ހުށަހަޅަން ހަތަރު މަސް ދުވަސް ލިބޭނެ އެވެ.

އެގޮތުން ހއ، ހދ، ށ، ރ އަތޮޅާއި މ، ފ، ތ އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅޭނެ ސުންގަޑިއަކީ 27 ފެބްރުއަރީ އެވެ. ލ، ގއ، ގދ. އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅޭނެ ސުންގަޑިއަކީ 28 ފެބްރުއަރީ އެވެ. މި ބީލަން ފޮއްތަށް އޮކްޓޫބަރި 31 އިން ފެށިގެން ލިބޭނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ