ހއ، ހދ، ށ އަދޮޅުގެ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ރޭ ނިންމާލައި

ޚަބަރު ފަހުގެ

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހއ، ހދ، ށ އަދޮޅުގެ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ރޭ ނިންމާލައިފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު ފެށި މި މަހާސިންގައި ބޮޑުތިލަދުންމަތީ ތިން އަތޮޅުގެ މަދަނީ ޖަމިއްޔާތަކުގެ 70 ބައިވެރިން ބައިވެރިވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަހާސިންތާގެ ބައިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުންތަކުގެ އިތުރުން ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފާވާއިރު، އިހަވަންދޫގެ ރައްޔިތުންނަށް ވެސް ހުޅުވާލައިގެން ޢާއިލީ ހަވީރެއް ވެސް ކުރިއަށް ގެންދިޔައެވެ.

މި މަހާސިންތާގެ މަގުސަދެއްކަމުގައި ކަނޑައަޅާފައި ވަނީ، މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ގައުމީ ތަރައްގީއާއި، ހެޔޮވެރިކަން އަދި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ