މިހާރު ފެތުރެމުންދާ ރޯގާގައި ކުޑަކުދިންނަށް ބޮޑުވަރުވޭ، 6 ކުއްޖެއް އައިސީޔޫގައި! 

ޚަބަރު ފަހުގެ

މިހާރު ފެތުރެމުންދާ ރޯގާގައި ކުޑަކުދިންނަށް ބޮޑުވަރުވާ ކަމަށާއި މިހާރުވެސް ހަ ކުދިންނަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ.އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ރޯގާ ފެތުރޭ މިންވަރު އިތުރުފައިވާ މި ދަނޑިވަޅުގައި އެކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި ޑރ.ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޯގާ އަދިވެސް މަދުނުވާ ކަމަށާއި ތުއްތު ކުދިންގެ އެހެނިހެން ބަލިތައް ހުންނަނަމަ ރޯގާ ޖެހުމުން ބޮޑުވަރުވާ ކަމަށެވެ. އެހެން ކަމުން ރައްކާތެރިވެވެންހުރި ކަންތައްތަކަށް ސަމާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ގެއަށް ރޯގާ ގެނައުން މަދުކުރަމާ އަތްދޮވުމާއި މާސްކް އެޅުމާއި ކުދިން އުރާލަން ބައިހަދާފައި ނުދިއުމާއި މީހުން އެއްވާތަންތަނަށް ނުދިއުމަށް ޑރ.ފައިސަލް އިލްތިމާސްކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދުވަސްވަރަކީ އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ ބަލިތައް ވަރަށް ބޮޑަށް ފެތުރެމުންދާ ދުވަސްވަރެއް ކަމުން ރައްކާތެރި ފިޔަވަޅުތަކުގައި ހިފެހެއްޓުމަށް ހެލްތް ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައެވެ.

advertisement

އެޗްޕީއޭގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިމަހު 15 ވަނަ ދުވަހުގެ ނިޔަލަށް އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 11،008 އަރާފައިވާ ކަމަށާއި އިންފްލުއެންޒާއަށް ޓެސްޓްކުރި 432 މީހުންގެ ތެރެއިން 192 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ތަފާސް ހިސާބުތަކާ ހަވާލާދީ އެ ބަޔާނުގައި ބުނީ މި އަހަރުގެ މިހާތަނަށް 1،198 މީހަކު އިންފްލުއެންޒާއަށް ޓެސްޓްކޮށްފައި ވާއިރު 365 މީހަކު އެ ބައްޔަށް ޕޮޒިިޓިވް ވެފައިވާ ކަމަށެވެ.

ކޮވިޑް-19 އެކޭ އެއްގޮތަށް އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ