ހަނިމާދޫ މަސްޖިދުއް ތަޢުބާ އަލުން ބޭނުންކުރަން ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ މަސްޖިދުއް ތަޢުބާ އަލުން ބޭނުންކުރަން ފަށައިފިއެވެ. މަސްޖިދުއް ތަޢުބާގައި ނަމާދުކުރުން މެދުކަނޑާލީ އެތަނުގެ މަރާމާތަށް މިމަހުގެ 16 ވަނަ ދުވަހުއެވެ.

މަސްޖިދުއް ތަޢުބާގެ މަރާމާތުގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ 163293 (ސަތޭކަ ފަސްދޮޅަސް ތިންހާސް ދުވިއްސައްތަ ނުވަދިހަ ތިން ރުފިޔާ) އަށް އަރުތަ އިންވެސްޓްމަންޓާ ހަވާލުކޮށްގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ތަޢުބާ މިސްކިތުގައި ކުރެވުނު ބައެއް މަރާމާތުތަކުގެ ތެރޭގައި ވުޟޫކުރާ ސަރަހައްދު މަރާމާތުކުރުމާއި، ވަޅު ދޮށުގައި މުށިޖެހުން، ހުޅަނގު ފަރާތު ފާރުގައި ހުރި މަރާމާތާއި، އަންހެނުން ނަމާދުކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދު މަރާމާތުކުރުން ހިމެނެއެވެ. އަދި ވުޟޫކުރާ ސަރަހައްދާ ފާހާނައިގެ މަރާމާތުގެ އިތުރުން ފުރާޅުން މިސްކިތް ތެރެއަށް ފެން ފޭބުން ހައްލުކުރުން ހިމެނެއެވެ.

ހަނިމާދޫގެ މިސްކިއްތައް މަރާމާތުކުރުމަށް ހަނިމާދޫ އައު ކައުންސިލުން ކުރަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ހަނިމާދޫ މަސްޖިދުލް ނޫރު ވެސް މަރާމާތުކޮށްފައެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން ހަނިމާދޫގެ މިސްކިތެއް މަރާމާތުކުރި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ