އޮގަރު އިބްރާހިމް ވަޙީދު، މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ސޮއިކުރައްވައިފި

ޚަބަރު ފަހުގެ ސިޔާސީ

އެކި ރޮނގުތަކުން ދިވެހި ޤައުމަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާ އަލްފާޟިލް އޮގަރު އިބްރާހިމް ވަޙީދު، މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

އެމްއެންޕީން މިއަދު ބުނީ ތަޢުލީމީ ދާއިރާގައި ރާއްޖޭގެ އެންމެ މަތީ ފަންތީގައި ގިނަ މަސައްކަތްތަކެއް ކޮއްދެއްވާފައިވާ އިބްރާހީމް ވަޙީދު އެ ޕާޓީއަށް ސޮއިކުރައްވައިފައިވާ ކަމަށެވެ. ހަމައެހެންމެ އޭނާއަކީ ސަރުކާރުގައި ވެސް މަޤާމުތައް ފުރުއްވައި، ދިވެހީންގެ ޚިދުމަތުގައި އެކި ރޮނގުތަކުން މަސައްކަތް ކޮއްދެއްވަމުން ގެންދަވާ ބޭފުޅެކަން ވެސް އެމްއެންޕީން ފާހަގަކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

އޮގަރު އިބްރާހިމް ވަޙީދު ސިފަކޮށްދިނުމަކީ އަޅުގަނޑަށް ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ އޭނާގެ ޚިދުމަތްތަކުގެ ގިނަކަމެވެ. އޭނާއަކީ މުޞައްނިފެކެވެ. މުދައްރިސެކެވެ. ޝާޢިރެކެވެ. އަދިވެސް އަދިވެސް…..

އާދެ! އޭނާގެ ޚިދުމަތްތަކުގެ ދިގުމިން ބަލާނެ ފޫޓުފީތާއެއް، އެ ޚިދުމަތްތަކުގެ ބަރުދަން ބަލާނެ ތިލަފަތެއް ނުލިބުނެވެ.

މއ.ކަލާވެހި، އޮގަރު އިބްރާހިމް ވަޙީދަށް ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ