ބަޖެޓަށް ފައިސާ ހޯދަން ޕްލާސްޓިކް ކޮތަޅުން ވެސް ޓެކުސް ނަގަން ނިންމައިިފި

ޚަބަރު ފަހުގެ

2022 ވަނަ އަހަަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓުގައި އަލަށް ތަޢާރަފުކުރާ ޓެކުހެއްގެ ގޮތުގައި، ޕްލާސްޓިކް ކޮތަޅުން ޓެކުސް ނަގަން ސަރުކާރުން ނިންމައިފިއެވެ.

އަންނަ އަހަަރަށް ލަފާކޮށް އެކުލަވައިލި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ، ޕްލާސްޓިކް ކޮތަޅަށް ނަގާ ޓެކުހުގެ ނަމުގައިި އައު ޓެކުސް ނަގަން ފަށާނީ އަންނަ ޖޫން މަހުން ފެށިގެން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ގޮތުން ފިހާރަތަކުން މުދާ ވިއްކާއިރު ޕްލާސްޓިކް ކޮތަޅަށްލާފައި ތަކެތި ދޭނަމަ ކަސްޓަމަރުންގެ އަތުން ނަަގަން ނިންމާފައިވަނީ ކޮންމެ ސައިޒެއްގެ ކޮތަޅެއް ވިޔަސް، ދެ ރުފިޔާއެވެ.

މި ސިޔާސަތު ތަންފީޒުކުރުން ލަސްވެއްޖެނަމަ، އޭގެ ސަބަބުން ބަޖެޓަށް އަސަރުކުރާނެކަމަށް ލަފާކޮށްފައިވެއެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މި ޓެކްސް ނަގަން ފަށައިފިނަމަ، 47.7 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި، ދެވަނަ ކުއާޓާގައި ނަގަން ފަށައިފިނަމަ 35.3 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި، ތިންވަނަ ކުއާޓާގައި ނަގަން ފަށައިފިނަމަ 23.5 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި، ހަތަރުވަނަ ކުއާޓާގައި ނަގަން ފަށައިފިނަމަ ލިބޭނީ 10 މިލިއަން ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ