ހަނިމާދޫ މަސްމާރުކޭޓު މަރާމާތު ކުރުން ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ މަސްމާރުކޭޓު މަރާމާތު ކުރުން ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނި 20 ދުވަސްތެރޭ ނިމްމާގޮތަށް 244595 ރުފިޔާ އަށެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން އެވެ. ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮންޕެނީގެ ޑިރެކްޓަރ ހުސެއިން ހަސަން އެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގެ ދަށުން މަސްމާރުކޭޓު މަސްކަނޑާ އަށިތައް މަރާމަތު ކުރުމާއި ތަނުގައި ޓައިލްސް ނެއްޓިފައިވާ ތަންތަނުގައި އަލުން ޓައިލްސް ޖެހުމުގެ އިތުރުން އެތަނުގެ ދޮރުތައް ރަނގަޅު ކުރެވޭނެ ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

ބީތްރީ ކޮންޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަކީ 07 އޮކްޓޯބަރ 2008 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ހަނިމާދޫގައި ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.

ފޮޓޯ : ހަނިމާދޫ ކައުންސިލް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ