މިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ޚަބަރު ފަހުގެ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކޮށް، އަންނަ އަހަރަށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަަނީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ބަޖެޓު ދިރާސާކުރި ކޮމިޓީން ވަނީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ އިތުރުކުރަން ވަނީ ނިންމައިފަ އެވެ.

މުއައްސަސާތަކަށް ބޮޑުކުރި ބަޖެޓް

  • ސިވިލް ސާވިސް ކޮމިޝަނަށް އިތުރު 500،000 ރުފިޔާ
  • އޭސީސީއަށް އިތުރު 3.9 މިލިއަން ރުފިޔާ
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް 865،636 ރުފިޔާ
  • އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް 204،000 ރުފިޔާ
  • އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް 2.2 މިލިއަން ރުފިޔާ
  • ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް 73،782 ރުފިޔާ
  • ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް 500،000 ރުފިޔާ
  • ރައްޔިތުންގެ މަޖިލިސް އިދާރާއަށް 7 މިލިއަން ރުފިޔާ

ކޮމިޓީން ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކޮށްފައި ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 73 މެންބަރުންގެ ތެރެއިން 64 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް އަށް މެމްބަރުން ވޯޓު ދެއްވި އެވެ.

ބަޖެޓުގެ ހުލާސާ

  • އާމްދަނީ އާއި ހިލޭ އެހީ: 24.3 ބިލިއަން ރުފިޔާ
  • ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ
  • ޖުމުލަ ހަރަދު: 34 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 6.2 ބިލިއަން ރުފިޔާ
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ