އަޅުގަނޑުގެ އެދުމަކީ 2023ގައި ރިޔާސީ އިންތިހާބެއް ނުބޭއްވުން: ނަޝީދު

ޚަބަރު ފަހުގެ

2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދަޅުވެއްޖެއެވެ.

މިރޭ ބޭއްވި “އާސްކް ސްޕީކާ”ގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދަޅުވީ، އެމަނިކުފާނު އެންމެ ބޭނުން ވެގެން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރައްޖޭގައި ޑިމޮކްރަޓިކް ނިޒާމެއް ގާއިމުކޮށް، އަސާސީ ހައްގުތައް ރައްކާތެރިކޮށް، ޝަރުއީ ނިޒާމެއް ފައްކާވެ، ރައްޔޮތުންނަށް އިންސާފު ހޯދުމަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަންކަމުގެ ތެރެއިން ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެ، ބޭސްފަރުވާ ލިބޭނެގޮތް ވުމާއި، ތައުލީމު ހާސިލު ކުރެވޭނެ ގޮތްތަކެއް ވެގެން ދިއުމާއި، އިޖުތިމާއީ ރައްކާތެރިކަން އަދި އެނޫންވެސް ކަންކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

“މިކަންކަން ކުރުމަށް، ގަބޫލު ކުރެވެނީ އެންމެ މުހިންމު ކަމަކީ ޑިމޮކްރަސީ ފައްކާ ކުރުން ކަމަށް. ދެން 2023 ވަނަ އަހަރުގައި ރިޔާސީ އިންތިހާބެއް ނެތުމަށް އަޅުގަނޑު އެދެނީ” ނަޝީދު ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވަނީ 2023ގެ ކުރިއަށް ރިޔާސީ ނިޒާމު ދެމިގެން ނުދާނެ ކަމަށް ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ދާދި ފަހުން ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އެކަން މަޝްވަރާ ކުރައްވާފައި ވާއިރު، އެކި ޕާޓީތަކާއެކުވެސް މަޝްވަރާ ބައްދަލުވުންތައްވެސް ބާއްވަވާފައެވެ. އެގޮތުން، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ލީޑާޝިޕާ ބައްދަލުކުރައްވާފައި ވެއެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ބައްދަލުކުރައްވާފައި ވާއިރު، އެމްއެންޕީގެ ލީޑާޝިޕާވެސް ބައްދަލުކުރެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ