ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ސާޅިސް ހަތަރުހާސް ރުފިޔާ ވޮލީ މުބާރާތަށް ހަރަދުކުރަން ނިންމާ، މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ސާޅިސް ހަތަރުހާސް ރުފިޔާ ވޮލީ މުބާރާތަށް ހަރަދުކުރަން ނިންމާ، މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ހަނިމާދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ކައުންސިލް މެންބަރ ނާޒިޔާ ހަސަން ހުށައެޅުއްވި މައްސަލައާ މެދު މަޝްވަރާކޮށް ކައުންސިލުގެ ފަސް މެންބަރުންގެ އިއްތިފާގުން ވަނީ ހަނިމާދޫ ކައުންސިލްގެ ވޮލީ މުބާރާތަށް ސާޅީސް ހަތަރުހާސް ރުފިޔާ ހަރަދުކުރަން ނިންމާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެއާއެކު މިއަދު ސަރުކާރު ގެޒެޓްގައި ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ހަނިމާދުގެ ދެޖިންސްގެ ބޭފުޅުންނަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބޭއްވުމަށް ގަސްތުކުރާކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވެލައްވަން ޝަޢުޤުވެރިވެލައްވާ ޓީމްތަކުން 16 ޑިސެމްބަރު 2021 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދޭކަމަށެވެ.

މި މުބާރާތަށް ފޯމު ދޫކުރުމާއި ބަލައިގަތުން ހަނިމާދޫ ކައުންސިލްގެ ރިސެޕްޝަނުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް ކުރިއަށްދާނެކަމަވެސް އެ އިއުލާންގައިވެއެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކައުންސިލް މެންބަރ ނާޒިޔާ ޙަސަން 7998223 އަށް ގުޅުއްވުން އެދިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ