ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރުމަށް ހަވާލުކޮށްފި

ޚަބަރު ފަހުގެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ވަގުތީ މިސްކިތް ހެދުމަށް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަވާލުކުރި މިމަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ.އަހުމަދު ޒާހިރު އަލީއެވެ.

އިޝްތިހާރު
އިޝްތިހާރު

ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި މިސްކިތް ހެދުމަށް ހަވާލުކޮށްފައިވަނީ 35 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މިސްކިތުގައި ޖުމްލަ 600 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ. އަދި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް މި މިސްކިތުގައި ހަމަޖެހިގެންދާނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފުރަތަމަ މިސްކިތަކީ “އިންސައިޑް ޕްލަސް”އިން ޑިޒައިންކޮށް، “ޒާން ކޮންސްޓްރަކްޝަން ކޮމްޕެނީ”އިން އިމާރާތްކޮށްފައިވާ ދެ ފަންގިފިލާގެ މިސްކިތެކެވެ. އެ މިސްކިތަކީ 480 މީހުންގެ ޖާގައިގެ މިސްކިތަކަށް ވާއިރު، އެމިސްކިތުގެ ގޯތިތެރެއާ އެއްކޮށް ޖުމްލަ 700 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ