އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުން ވޮލީބޯޅައަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ޚަބަރު ފަހުގެ

އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުން އިތުރު ހަރަކާތްތަކެށް އަނެއްކާވެސް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން އެކުލަބުގެ ސެކެރެޓަރީ މުސްތަފާ އަހުމަދު ވިދާޅުވީ މިއަހަރުގައި ކުލަބުން ހިންގި ހަރަކާތަތަކުގެ ތެރެއިން އެންމެ މުހިންމު އިސްކަމެއްދީގެން ކުރިއަށްގެންދިޔަ އަންހެން ކަނަބަލުންނަށް އަމާޒުކޮށްގެން ހިންގި ވޮލީޓް ޓްރެއިނިންގް ކޭމްޕް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ވަނީ ކާމިޔާބު ކަމާއިއެކު ނިންމާލެވިފައެވެ.

މުސްތަފާ ވިދާޅުވީ އިތުރު ހަރަކާތްތަކަށް ބަލާއިރު މި ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހު އދ.ކުނބުރުދޫ ފެހިވިނަ ސްޕޯރޓްސް ކުލަބުގެ ފިރިހެން ވޮލީޓީމާއި އެކު އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ވޮލީޓީމް ވަނީ ވާދަވެރި މެޗެށް ކުޅެފައެވެ. ބޮޑުފޮޅުދޫ ވޮލީކޯޓްގައި ކުޅެވިގެން ދިޔަ މިމެޗަށް ކުނބުރުދޫ ފެހިވިނަ ސްޕޯރޓްސް ކުލަބުން އެރަށަށް ޒިޔާރަތް ކުރުމާއިއެކު އާރުބީޖީ ސްޕޯރޓްސް ކުލަބުން ވަނީ ފެހިވިނަ ސްޕޯރޓްސް ކުލަބުގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހުކުރު ދުވަހުގެ ހަވީރު ކުޅެވިގެން ދިޔަ

އިޝްތިހާރު
އިޝްތިހާރު

މިމެޗް ޝަރަފްވެރިކޮށްދެއްވާ މެޗް ފައްޓަވާ ދެއްވާފައިވަނީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ މެމްބަރ އަދި ބޮޑުފޮޅުދޫގައި އުފެދުނު އެންމެ މޮޅު ސްޕައިކަރ މުހައްމަދު ޝިފާޒް އެވެ. ކުޅުމުގެ ތެރެއިން ލިބުނު އަނިޔާ އަކާއި ގުޅިގެން ގިނަދުވަސްތަކަކަށް ކުޅުމާއި ދުރުގައި މިވަގުތު ހުރި މުހައްމަދު ޝިފާޒް އަކީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ވޮލީޓީމްގައި މިހާރުވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ބޭފުޅެއްކަން މުސްތަފާ އަހުމަދު ވަނީ ފާހަގަކުރައްވާފައެވެ.

އދ.ކުނބުރުދޫ ފެހިވިނަ ސްޕޯރޓްސް ކުލަބާއި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ވޮލީޓީމް ބައްދަލު ކުރި ފޯރިގަދަ މިމެޗްގެ ފުރަތަމަ ސެޓް 15-25 އިން އާރުބީޖީ ކާމިޔާބުކުރިއިރު 2 ވަނަ ސެޓްވެސް ގެންގޮސްފައިވަނީ 17-25 އާރުބީޖީ ޓީމެވެ. 3 ވަނަ ސެޓްގައި ފެހިވިނަ ސްޕޯރޓްސް ކުލަބުގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ތާފާތު ކުޑަކުރިނަމަވެސް 24-26 އިން މިސެޓް ކާމިޔާބުކޮށް އާރުބީޖީ ވަނީ މިމެޗުން މޮޅުވެފައެވެ.

މިމެޗް އެ ކުލަބުގެ ފޭސްބޫކް ޕޭޖުން ލައިވްކުރަމުން ގެންދިޔަ އިރު ހާހަކަށްވުރެ ގިނަ މީހުން މެޗް ބަލާފައިވާކަން ފާހަގަކުރައްވާ މުސްތަފާ ވިދާޅުވީ އާރުބީޖީ ސްޕޯރޓްސް ކުލަބަކީ ރާއްޖެތެރޭގައި ހިންގާ ކުލަބުތަކަށް ބަލާއިރު މަދު ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ކުލަބެއްކަމަށެވެ. މީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ހިންގާކޮމިޓީގެ ހީވާގި މަސައްކަތާއި މެމްބަރުންގެ އިހްލާސްތެރި މަސައްކަތުން ލިބިފައިވާ ބޮޑު ކުރިއެރުމެއްކަމަށް މުސްތަފާ ވިދާޅުވިއެވެ.

އިތުރަށް މައުލޫމާތު ހިއްސާކުރައްވަމުން އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ސެކެރެޓަރީ މުސްތަފާ ވިދާޅުވީ އއ.ބޮޑުފޮޅުދޫގައި އާބާދީގެ ނިސްބަތުން ގިނަ ކުލަބުތަކެށް ހަރަކާތްތެރިވާ ކަމަށާއި، އެހެން ނަމަވެސް ކުލަބެއްގެ ގޮތުގައި އޭގެ ހަޤީގީ މަޤްސަދު ހާސިލް ކުރުމަށް މަސައްކަތްކުރާ ކުލަބުތައް މަދު ކަމަށާއި އުންމީދަކީ އަޅުގަނޑުމެންނާއި އެއްހަމައެއްގައި މަސައްކަތް ކުރާނެ ކުލަބުތަކެއް ރަށުގައި ހަރަކާތްތެރިވާނެ މަންޒަރު ފެނިގެން ދިއުންކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ