ގިރިފުށީ ބަނދަރު ތަރައްގީ ކުރުމަށް ސައިޓް މޮބަލައިޒް ކޮށްދި

ޚަބަރު ފަހުގެ

ކ. ގިރިފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އަމަލީ މަސައްކަތް ފެށުމަށްޓަކައި 5 ޑިސެމްބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއު ތާވަލާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެއްބަސްވުމުގައި ވާގޮތަށް މަސައްކަތް ނިންމާ ލެވޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގެ ދަށުން، 268 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ