ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވި އަދުހަމް މާފަށް އެދިއްޖެ

ޚަބަރު ފަހުގެ

މިިދޔަ މޭއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި އަހްމަދު އަދުހަމް، ރައީސް ނަޝީދާއި އާންމުންގެ ކިބައިން މިއަދު ކޯޓުގައި މާފަށް އެދިއްޖެއެވެ.

މި މައްސަލާގައި އަދުހަމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އޭނާ ވަނީ އިއުތިރާފުވެފައެވެ. އަދުހަމް އިއުތިރާފު ވެފައިވާތީ މިއަދު ކުރިއަށް ދާ ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ މާފަށް އެދި އެ ހަމަލާ ދިނީ ކީއްވެކަން ކިޔާ ދީފައެވެ. މިގޮތުން އޭނާ ބުނެފައިވާ ގޮތުގައި އެކަން ކުރެވުނީ ދީނީ ގޮތުން ގަބޫލުކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އަދި ދެން އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

“މޭ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ އަޅުގަނޑަށް ކުރެވުނު ކުށެއް ކަމަށް ގަބޫލު ކުރަން. އެ އަމަލު ހިންގުނީ ދީނީ ގޮތުން ގަބޫލުކުރެވުނު ކަންތައްތަކެއްގެ ސަބަބުން. އަޅުގަނޑު މި ފުރުސަތުގައި ރައީސް ނަޝީދާއި ހަމަލާގައި އަނިޔާވި އެންމެންނާއި ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެން. އަޅުގަނޑުގެ ފަރާތުން މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އަރުވަން.” ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

އަދުހަމް ކުށަށް އިއުތިރާފް ވެފައިވާތީ އޭނާ އަށް އަންނަ ހުކުމް މި މައްސަލާގައި ޝާމިލުވި އެހެން މީހުންނަށްވުރެ ކުރު ވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ