ހަނިމާދޫން ނެގުނު 114 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް 5 ސާމްޕަލް! ރެންޑަމްކޮށް ނެގުނި ކިތައް ސާމްޕަލް ކަން ހާމައެއް ނުކުރޭ؟

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން ނެގުނު 114 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް 5 ސާމްޕަލް! ރެންޑަމްކޮށް ނެގުނި ކިތައް ސާމްޕަލް ކަން ހާމައެއް ނުކުރެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުން 12 ވަނަ ދުވަހު 73 ސާމްޕަލް ނެގިއެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 2 ސާމްޕަލެވެ. އަދި 13 ވަނަ ދުވަހު 41 ސާމްޕަލް ނެގިއިރު އެތަނުން 3 ސާމްޕަލެއް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މި ދެދުވަހު ވެސް ޕޮޒިޓިވްވީ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

އިޝްތިހާރު
އިޝްތިހާރު

12 އަދި 13 ވަނަ ދުވަހު ގިނަ ފަރާތްތަކުން ރެންޑަމް ސާމްޕަލް ދީފައި ވީނަމަވެސް ހަނިމާދޫ ސިއްހީ މަރުކަޒުން ރެންޑަމްކޮށް ނެގޭ ސާމްޕަލްގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ހަނިމާދޫ ގައި ނަގާ ސާމްޕަލް ތަކުގެ ތަފްސީލް ހާމަނުކުރާތީ ގިނަ ރައްޔިތުން އެކަމާ ކަންބޮވެއެވެ.

ކޮވިޑް ގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުން މިރޭވެސް 19:30 އިން 20:30 އަށް ހަނިމާދޫ ސިއްހީބމަރުކަޒު ރަސްމީ ގޭޓް ކުރިމަތީގައި ކުރިއަށް ގެންދަން ވަނީ އެ މަރުކަޒުން ރާވާފައެވެ.

މިވަގުތު ހަނިމާދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި 50 ފަރާތެއް އެބަތިއްބެވެ. އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ