ހަނިމާދޫގައި ކޮވިޑް 19 އާ ގުޅިގެން އަމަލުކުރަނީ އެޗް.ޕީ.އޭގެ އުސޫލުތަކާ އެއްގޮތައްތަ؟

ހަނިމާދޫ ރިޕޯޓް ފަހުގެ

އާނއެކެވެ. ސުރުހީގައި އެވަނީ ޖަވާބު ބޭނުންވާ ސުވާލެކެވެ. އެތަކެއް ހަނިމާދޫ ރައްޔިތުންގެ ހިތުގައިވާ ސުވާލެކެވެ. ޖަވާބު ނުލިބިފައި އޮތް ސުވާލެކެވެ.

މިކަހަަލަ ވާހަކަ ލިޔުމުން އަހަރެން ފަހާދުވި މީހުން ކުރިއެކޭ އެއްފަދައިން މިފަހަރުވެސް ދުވާނެކަން އެނގެއެވެ. އެހެނަސް ވަރިހަމައެވެ.

އިޝްތިހާރު
އިޝްތިހާރު

ރޯގާ ޖެހިގެން ހަނިމާދޫ ސިއްހީ މަރުކަޒަށް ދެއްކި ކުއްޖެއް ޕޮޒިޓިވްވީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެކުއްޖާ ޕޮޒިޓިވްވެ ރަށުގައި އަޑު ގަދަކުރާ ބޭނުންކޮށްގެން އެކަން އެންގުނެވެ. އަދި ހަނިމާދޫ ސިއްހީ މަރުކަޒުގެ ވައިބަރ ގުރޫޕުގައިވެސް އެކަން އެންގިއެވެ.

ވައިބަރއިން އެންގި އެންގުން

ފޮޓޯ އަދި ބަލައިލާށެވެ. އޭގައި އެވަނީ ކޮވިޑް 19ގެ ޕޮޒިޓިވް ކޭސްއެއް ފެނިފައިވާތީ އެފަރާތާއި ކޮންޓެކްޓްވެފައިވާ ބޭފުޅުން ލަސްނުކުރައްވާ މަރުކަޒަށް މައުލޫމާތު ހިއްސާ ކުރެއްވުން ނޫންހެއްޔެވެ. ނަމަވެސް އެފަރާތެއް އެއީ ކޮން ގެއަކަށް ނިސްބަތްވާ ނުވަތަ ކޮން ތަނެއްގައި އުޅޭ މީހެއްކަން ހާމައެއް ނުކުރެއެވެ.

ރައްޔިތުންގެ އެތައް ފޯނު ކޯލެއް ހުދު އަހަންނަށްވެސް ލިބުނެވެ. އެއީ ކޮންތަނެއްގައި ހުރި ކާކުކަން ހޯދާށެވެ. އެތައް މަސައްކަތަކުން އެމީހާގެ މައުލޫމާތު ހޯދާ ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރީމެވެ.

އެއަށްފަހު މިއަދާހަމައަށް ދަނީ ހަނިމާދޫގައި ކޮވިޑް 19ގެ ކޭސްތައް ފެންނަމުންނެވެ. ނެގޭ ސާމްޕަލްތަކުގެ ތަފްސީލް ހާމަ ނުކުރާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރިއެވެ. ކަރަންޓީން ކުރެވޭ ތަންތަން ނޭނގޭތީ އެ ޝަކުވާވެސް ރައްޔިތުން އަދިވެސް ކުރަނީއެވެ.

ސާމްޕަލްތަކުގެ ތަފްސީލް ހާމަ ކުރުމަށް ޓާސްފޯހުގެ ބައިވެރިން އެދުމުން، ސާމްޕަލްގެ ތަފްސީލު ހާމަކުރާކަށް ނުޖެހޭނެ ކަމަށް ހަނިމާދޫ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓުގައި އުޅުއްވާ ކަނބަލަކު އަޑަށް ބާރުލާ ބުނިކަމަށްވެއެވެ.

މެދު ނުކެނޑި ސާމްޕަލްތަކުގެ ތަފްސީލް ނުދޭ ވާހަކަ މީޑިޔާއަށް އަރުވާތާ ތިން ވަނައަށް ވީދުވަހު ފުރަތަމަ ފަހަރަށް ސާމްޕަލް ތަކުގެ ފުރަތަމަ ތަފުލްސީލެއް މި މަހު 15 ވަނަ ދުވަހު ހާމަކުރިއެވެ.

ކޮވިޑްގެ ސާންޕަލުތަކުގެ ތަފުސީލުތައް ގައުމީ މީޑިއާ މެދުވެރިކޮށް އަދި އެޗް.ޕީ.އޭގެ ޓްވިޓަރ މެދުވެރިކޮށް ހާމަކުރާ މަންޒަރު އަޅުގަނޑު ދުށީމެވެ. ރަށެއްގެ ސިއްހީ މަރުކަޒެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ކައިރިން ވީހާވެެސް އަވަހަށް މައުލޫމާތު ދީ ރައްޔިތުންގެ ނުތަނަވަސްކަމަށް ތަސައްލީއެއް ހޯދައިދިނުން ނޫންހެއްޔެވެ؟ މި އާންމު އުސޫލު މަނާކޮށް، ތަފުސީލު ހާމަކުރަން ހުރަހެއް އޮތީ ހެއްޔެވެ؟ އޮތްނަމަ އެކަންވެސް ހާމަކޮށްދެއްވަންވީނުން ހެއްޔެވެ؟

ކަރަންޓީން ކުރުމުގައި އެޗްޕީއޭ ބޮލާލާ ޖެހުން

ކަރަންޓީން ކުރުމަށް އަމަލުކުރުމުގައި އެޗްޕީއޭއިން ނެރެފައިވާ އުސޫލުގައި ވަނީ ގޭގެ ވަކި ކޮޓަރިތަކުގައި ކަރަންޓީން ކުރެވޭނެ ކަމަށެވެ. ނަމަވެސް ހަނިމާދޫ މަރުކަޒުން އެފުރުސަތު ނުދެއެވެ. މުޅި ގެ ކަރަންޓީން ކުރަނީއެވެ. ވަކި ކޮޓަރި އެމީހުން ބަލަނީ އިމާރާތް ވަކިން ހުރިނަމައެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު ފުރަމާލޭގައި އެޕާޓްމެންޓްގެ އެއްކޮޓަރި ކަރަންޓީންކޮށްފައި އެގޭގެ އެހެން ފަރާތްތަކަށް ނުކުމެ އުޅެވޭއިރު، ހަނިމާދޫގައި އެ ފުރުސަތު ނުދެނީ ކޮން އުސޫލަކުން ބާއެވެ.

އާއެކެވެ. އާއްމު ސިއްހަތު މުހިއްމުކަން އަޅުގަނޑު ގަބޫލުކުރަމެވެ. އެޗް.ޕީ.އޭގެ އުސޫލުގެ މައްޗަށް ހިނގާ އެހެން މިންގަނޑެއް އޮތީހެއްޔެވެ. އެކަންވެސް ބުނެދޭށެވެ. މިގޮތަށް ކަންކުރަނީ ބާރެއް އޮވެގެންނަމަވަސް، އެކަމެއްގެ މަސްލަހަތު ހަމަހަމަ ކުރަންވާނެތާއެވެ. އާންމު ސިއްހަތުގެ މަސްލަހަތު އަންނަގޮތަށް އާއްމު ދިރިއުޅުމުގެ އަސާސީ ކަންކަމުގެ މަސްލަހަތުވެސް އޮންނާނެތާއެވެ.

އެއް ފަރާތައް ވުރެއް ގިނަ ފަރާތް ތަފާތު ދުވަސްތަކުގައި ޕޮޒިޓިވް ވިކަމުގައި ވާނަމަ ބަލިން ރަނގަޅުވާ ފަރާތަށް އެ އިމާރަތަށް ވަދެ ނުކުމެ ހެދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް މިކަމުގައިވެސް ހަނިމާދޫ މަރުކަޒުން ހަދަން ގަސްދުކޮށް ފޫގެޅީ އަމިއްލަ ގޮތެކެވެ. ރަނގަޅުވާ މީހާ އެކަހެރި ކުރުމާއެކު އޭނާއަށް އެ އިމާރަތަށް ނުވަދޭ ގޮތް ހެދުމެވެ.

ހަމަ އަޖައިބެކެވެ. ކޮވިޑް ޖެހުމަށްފަހު 3 މަސް ވަންދެން ބަލި ނުޖެހޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އެޗްޕީއޭއިން ކަނޑައަޅާފައި އޮތްއިރު އެކަންވެސް ބަލައި ނުގަތެވެ. މިކަމުގައި ވެސް އަމިއްލަ ގޮތްގަނޑު ފަތުރަން ފޫގެޅީއެވެ.

ހަމަ ޔަގީނުންވެސް، ކުރިން ބުނި އާއްމު ސިއްހަތުގެ މަސްލަހަތު މިކަމުގައި އޮވެގެންނުވާނެތާއެވެ. އެހެނީ ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ނުރައްކަލެއް ނެތްކަމަށް ބޮޑެތި ބޮޑެތި ސިއްހީ މާހިރުން ވިދާޅުވާތީއެވެ.

ސާމްޕަލް ނަގަން އަދި ކަރަންޓީން ކުރާ ތަންތަނަށް ގޮސް ޒުވާބުކުރާ ވާހަކައަކީވެސް ރަށުތެރޭގައި ބާރަށް ދެކެވޭ ވާހަކައެކެވެ. އެމީހުން ޒުވާބު ކުރަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައި ކަމެއް އޮތްގޮތުގެ ވާހަކަ ބުނުމުން، އެކަން އެގޮތަށް ނުކުރުމަށްކަމަށް އެފަރާތާ ދެބަސްވާން ޖެހުނު ފަރާތްތައް ބުނެއެވެ.

“އެޗްޕީއޭގައި ތިބޭނީ ވަރަށް ޅަކުދިން، އެކުދިންނަށް ނޭނގޭނެ މި ވާނުވާއެއް.”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ