ހަނިމާދޫން ފުރަތަމަ ފަހަރަށް ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ

ހަނިމާދޫ ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ހަނިމާދޫން ފުރަތަމަ ފަހަރަށް ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެއެވެ.

ރޭ ހަނިމާދޫން ނެގި 16 ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވް ވެފައިވާކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ބުނެއެވެ. މިހާތަނަށް 118 ރެންޑަމް ސާމްޕަލް ނެގި އިރު މީ ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަރާތެވެ.

އިޝްތިހާރު
އިޝްތިހާރު

މިވަގުތު ހަނިމާދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި 60 ފަރާތެއް އެބަތިއްބެވެ. އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުންނެވެ.

16 ޑިސެމްބަރ 2021 ގައި ނެގުނު ސާމްޕަލް ތަކުގެ ތަފްސީލް
ރެންޑަމް: 16
ޑައިރެކްޓް ކޮންޓެކްޓް: 5
ޑިޕާރޗަރ: 3
ފްލޫ: 0
ޖުމްލަ: 24
މި ކްލަސްޓަރ އާއި ގުޅިގެން މިހާތަނަށް ނެގިފައިވާ ރެންޑަމް ސާމްޕަލް ގެ ޖުމްލަ އަދަދަކީ 118 އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ