ހަނިމާދޫން ކޮވިޑް 19 ޖެހުނު 7 ފަރާތެއް ބަލިން ރަނގަޅުވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން ކޮވިޑް 19 ޖެހުނު 7 ފަރާތެއް ބަލިން ރަނގަޅުވިއިިރު އެއްފަރާތެއް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ 18 ޑިސެމްބަރ 2021 ގައި ނެގުނު 22 ސާމްޕަލް ގެ ތެރެއިން 1 ސާމްޕަލް ވަނީ ކޮވިޑް 19 އަށް ފޮޒިޓިވް ވެފައިކަމަށެވެ. އެއީ ރެންޑަމް ސާމްޕަލެއް ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރޭ ހަނިމާދޫން ނެގުނު ސާމްޕަލް ތަކުގެ ތަފްސީލް

  • ރެންޑަމް: 7
  • ޑައިރެކްޓް ކޮންޓެކްޓް: 8
  • ޑިޕާރޗަރ: 4
  • ފްލޫ: 3
  • ޖުމްލަ: 22

މި ކްލަސްޓަރ އާއި ގުޅިގެން މިހާތަނަށް ނެގިފައިވާ ރެންޑަމް ސާމްޕަލް ގެ ޖުމްލަ އަދަދަކީ 134 އެވެ.

މިވަގުތު ހަނިމާދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި 55 ފަރާތެއް އެބަތިއްބެވެ. އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ