ހަނިމާދޫން ކޮވިޑް 19 ޖެހުނު 7 ފަރާތެއް ބަލިން ރަނގަޅުވިއިރު، އިތުރު 3 ފަރާތެއް ފޮޒިޓިވްވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން ކޮވިޑް 19 ޖެހުނު 7 ފަރާތެއް ބަލިން ރަނގަޅުވިއިރު، އިތުރު 3 ފަރާތެއް ފޮޒިޓިވްވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ މިއަދު 7 ފަރާތެއް ބަލިން ރިކަވަރ ވިއިރު ރޭ ނެގުނު 67 ސާމްޕަލްގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓް 3 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރޭ ހަނިމާދޫން ނަގާފައި ވަނީ ރެންޑަމް 15 ސާމްޕަލް އާއި، ޑައިރެކްޓް ކޮންޓެކްޓް ގޮތުގައި 39 ސާމްޕަލް ގެ އިތުރުން ޑިޕާރޗަރ 8 ސާމްޕަލް އަދި ފްލޫ 5 ސާންޕަލް ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.

މިފަހަރު ކޮވިޑް ހަނިމާދޫ ފެނުންފަހުން 164 ރެންޑަމް ސާމްޕަލް ނަގާފައި ވެއެވެ. އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ ދެ ސާމްޕަލެވެ. އެއީ ޑިސެންބަރ 16 އަދި 18 ވަނަދުވަހު ސާމްޕަލެކެވެ.

މިވަގުތު ހަނިމާދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި 41 ފަރާތެއް އެބަތިއްބެވެ. އަދި 24 ފަރާތެއް މިހާތަނަށް ވަނީ ބަލިން ރަނގަޅު ވެފައެވެ. އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ