ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހައްޔަރު ކޮށްފި

ޚަބަރު ފަހުގެ

ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ހައްޔަރު ކޮށްފިއެވެ. ޖާބިރު ހައްޔަރު ކޮށްފައި ވަނީ ގދ. އަތޮޅުގެ ރަށެއްގައި ހުންނަވަނިކޮށެވެ.

ޖާބިރު ހައްޔަރުކުރިކަން ފުލުހުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާކަން މަޖިލީހުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. މަޖިލިސް މެންބަރަކު ހައްޔަރުކޮށްފިނަމަ އެކަން މަޖިލީހުގެ އިދާރާއަށް އެންގުމަކީ ފުލުހުންނަށް ލާޒިމުކަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އިތުރު އެހެން ރަސްމީ އިދާރާއަކުން، ޖާބިރު ހައްޔަރުކުރިކަން އަދި ރަސްމީކޮށެއް ނާންގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ