ގައުމު ކުރިއަރާނީ ތައުލީމާ އެއްވަރަށް ތަމްރީނު ދީގެން: ރައީސް

ޚަބަރު ފަހުގެ

ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުމުގައި ދަރިވަރުންނަށް ދެވޭ ތަޢުލީމާއެކު އެކުދިން ތަރުބިއްޔަތުކޮށް، ތަމްރީނު ދީ މުޖުތަމަޢަށް ލޯހުޅުވޭ ބަޔަކަށް ހެދުން މުހިންމު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އީ.ޕީ.އެސް. ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޭ ބޭއްވި “ޚިދުމަތުގެ ހަވީރު 2021” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށްދޭ ހަމައެކަނި ތަޢުލީމެއްގެ ސަބަބަކުންނެއް ނޫން ކަމަށާއި އެކަން ހާސިލުވާނީ ދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށް ކަމަށެވެ.

“އީ.ޕީ.އެސް. އިން ކޮށްދިން ކަމަކީ އެއީ. ދެވުނު ތަޢުލީމާ އެކީގައި ދަރިވަރުން ތަރުބިއްޔަތުކުރި. ތަމްރީނުތައް ދިން. މުޅި މުޖުތަމަޢަށް ލޯ ހުޅުވާލަދިން. މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް، މިކަމުގެ ޙަޤީޤަތް އެއޮތީ ސާފުކޮށް ފެންނަން” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި އީ.ޕީ.އެސް.ގައި ކިޔަވައިދިނުމުގެ އިތުރަށް، އިތުރު އެތައް ކަންތައްތަކެއް ކޮށްދެއްވި ކަމަށެވެ. އެގޮތުން ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީއާއި، މިނީ ޔޫ.އެން.އޯ.އާއި އަދި އަތޮޅުތައް ތަމްސީލުވާގޮތަށް ބޭއްވުނު ބައްދަލުވުންތަކާއި، ކެޑެޓާއި، ގާރލްގައިޑާއި، ސްކައުޓާ، މިހެންގޮސް އެތައް އެތައް އިތުރު ޙަރަކާތްތަކެއް، އީ.ޕީ.އެސް.ގެ ތެރޭގައި އޭރު ކުރިއަށް ގެންދިޔަ ކަމަށާއި މިއަދުގެ ނަމުންނަމަ، ވަށާޖެހޭ ތަޢުލީމު އޭރު އެއޮތީ ފެށިފައި އީ.ޕީ.އެސް. އިން ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖެ މިއަދު މިއޮތީ އަނެއްކާވެސް އީ.ޕީ.އެސް. އަކަށް ބޭނުންވެފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން އީ.ޕީ.އެސް. އިން އުފެއްދި ދަރިވަރުންގެ ތެރޭގައި، ޕްރޮފެސަރުންނާއި، ޑޮކްޓަރުންނާއި، ސިފައިންނާއި، ފުލުހުންނާއި، ނަރުހުންނާއި، ކުޅިވަރު ކުޅޭ މީހުންނާއި، ޓީޗަރުންނާއި، އަދި ނުވާތަނަކަށް ސިޔާސީ ދާއިރާގައިވެސް އެންމެ އުހުގައި އެބަތިބި ކަމަށް ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ