ކޮމަންޑޫ ދާއިރާއަށް އެމްއެންޕީއިން ހަންނާން

ފަހުގެ ސިޔާސީ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްއެންޕީއިންގެ ފަރާތުން އަބްދުލް ހަންނާން އިދުރީސް ވާދަ ކުރާނެ ކަމަށް އެޕާޓީއިން ބުނެފިއެވެ.

އެމްއެންޕީގެ ފަރާތުން މި ގޮނޑިއަށް ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެޕާޓީއިން ހުޅުވާލި ފުރުސަތުގައި ހަމައެކަނި ނަން ހުށައެޅުއްވީ ހަންނާނެވެ. އެހެން ކަމުން އޭނާއަށް ޓިކެޓު ދިނުމަށް އެމްއެންޕީގެ ކައުންސިލުން ވަނީ ނިންމާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހަންނާނަކީ ތައުލީމީ ދާއިރާގައި 32 އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. އެއީ 1987 އިން 2009 އަށެވެ. ތައޫލީމީ ދާއިރާގައި ހޭދަ ކުރެއްވި ދުވަސްތަކުގެތެރޭގައި ގިނަ ސްކޫލްތަކެއްގެ ޕްރިންސިޕަލްކަން ކުރެއްވިއެވެ.

ހަންނާން އަށް ޕާޓީގެ ފަރާތުން ރަސްމީކޮށް ޓިކެޓު ހަވާލުކުރުން މާދަމާރޭ ކުރިއަށް ދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ މެމްބަރު ކަމުގައި ހުންނެވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަ ވުމާއި ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ