ވާރޭ ފެން ނެގުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

ޚަބަރު ފަހުގެ

މި ދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހޭޒް ނުވަތަ ބަަނަފިނީގެ އަސަރުކޮށްފައިވާތީ ވާރޭފެން ނެގުމުގައި ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ހުޅަނގުން އިރުމައްޗައް ވައި ބަދަލުވަމުންދާ މިދުވަސްވަރުގައި އިންޑިއާގެ ހިމާލަޔަން ސަރަހައްދާއި ބޭ އޮފް ބެންގޯލް ހުރަސްކޮށް ހިރަފުހާއި ދުމުގެ އަސަރު ރާއްޖެއަށް ކުރަމުންދާ ކަމަށެވެ. އަދި މިކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ޑިސެމްބަރުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހިރަފުހުގެ ސަބަބުން ނޭވާލާ ނިޒާމްގެ ބަލިތައް ހުންނަ މީހުންނަށް އުނދަގޫތައް ކުރިމަތިވެ ސިއްޙީ މައްސަލަތަކާ ކުރިމަތިވެދާނެތީ، ސަމާލުވެ ރައްކާތެރިވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ބަނަފިނީގެ އަސަރުގެ ސަބަބުން އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެއް އިތުުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4–5 ކިލޯމީޓަރަށް ދަށްވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ