ކުޅުދުއްފުށިން އިތުރު 5 މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ

ޚަބަރު ފަހުގެ

ކުޅުދުއްފުށިން އިތުރު 5 މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިވަނީ 15 އަށް އަރާފައެވެ.

ކުޅުދުއްފުށިން މިއަދު ޕޮޒިޓިވްވެފައިވަނީ އިއްޔެ ޕޮޒިޓިވްވީ ކުޑަ ދެ ކުދީންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެތެރެއިން 5 މީހެކެވެ.

އިޝްތިހާރު
އިޝްތިހާރު

ކުޅުދުއްފުށިން އިއްޔެ ޕޮޒިޓިވްވީ އަލާމާތްތައް ހުރެގެން އިއްޔެ ފުލޫ ކްލިނިކަށް ދެއްކި 9 އަހަރުގެ ފިރިހެން ހުއްޖަކާއި، ގާލްގައިޑް ކޭމްޕަކަށް ދިއުމަށްޓަކައި ރޭގެ ވަގުތެއްގައި ސާމްޕަލް ނެގި 12 އަހަރުގެ އަންހެން ކުއްޖެކެވެ.

މިއަދު ޕޮޒިޓިވްވެފައިވަނީ އިއްޔެ ޕޮޒިޓިވްވީ 09 އަހަރުގެ ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެތެރެއިން މީހަކާއި، 12 އަހަރުގެ ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެތެރެއިން 4 މީހެކެވެ.

ހޯމަ ދުވަހު ޕޮޒިޓިވެފައިވަނީ އަލާމަތް ހުރެގެން އޯޕީޑީއަށް ދެއްކި މީހަކާއި، މާލޭން ދަތުރުކުރި މީހެކެވެ. މާލޭން އައި 28 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ އެއްވެސް ކޮންޓެކްޓެއް ނެތެވެ. ދެން ޕޮޒިޓިވްވީ ކުޅުދުއްފުށީގައި ހުންނަށް އޭޑީކޭ ކޯލް ސެންޓަރުގައި މަސައްކަތްކުރާ 30 އަހަރުގެ އަންހެނެކެވެ.

އެ ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ ސާމްޕަލް ނެގިއިރު ތިން މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓުން ނެގި ސާމްޕަލްތަކުގެ ތެރެއިން 3 ސާމްޕަލެއްވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

މީގެ އިތުރުން އަލާމާތް ހުރެގެން މާލޭން ސާމްޕަލް ނަގައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި މީހަކުވެސް ޕޮޒިޓިވްވެފައިވެ އެވެ. އެ މީހާ އެއްވެސް މީހަކާ ކޮންޓެކްޓްވެފައެއް ނުވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ