މޮނިޓަރިންގ އަށް ލުމާއި ނެގުމަކީ ކައުންސިލާ ބެހޭ ކަމެއްނޫން – ހަނިމާދޫ ކައުންސިލުގެ ރައީސް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ މޮނިޓަރިންގއަށްލީ ހަނިމާދޫ ކައުންސިލުން ބުނެގެން ނޫންކަމަށް ހަނިމާދޫ ކައުންސިލުގެ ރައީސް ޢަބްދުއް ސައްތާރު ހަސަން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ މޮނިޓަރިންގއިން ނަގަން ނޫޅޭތޯ ސުވާލުކުރުމުން ހަނިމާދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ހަނިމާދޫ މޮނިޓަރިންގއަށްލީ ހަނިމާދޫ ކައުންސިލުން ބުނެގެންނޫންކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަން ބަލާ މޮނިޓަރިންގ ނެގުމުގެ މަސައްކަތް ކައުންސިލަށް ކުރަންނުޖެހޭނެތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ އެއީ ކައުންސިލުގެ ޒިންމާއެއް ނޫންކަމަށެވެ.

އާއެކެވެ. ވަކިވަކި މުއައްސަސާތަކުގެ އިޙްތިޞާސް ތެރެއަށް ސީދާގޮތެއްގައި ނުވަނުމަކީ ރަނގަޅުގޮތެކެވެ. ނަމަވެސް ރައްޔިތުންނާއި ރަށާ ގުޅުންހުރި ކަންކަން ގާތުން ބަލައި ލުއިގޮތް ހޯދައިދިނުމަށް ޖުމުލަ ގޮތެއްގައި ކައުންސިލުގެ މައްޗަށް އޮންނަ ޒިންމާ ފިލާނުދާނެ ނޫންހެއްޔެވެ. ރައްޔިތުންގެ ކަންބޮޑުވުމެއް އޮތްކަމެއް ކައުންސިލުގެ ޒިންމާގެ ތެރެއިން ބަރީޢަވާނެބާވައެވެ.

ހަނިމާދޫ މޮނިޓަރިންގއަށް ލާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ކުޅުދުށްފުށި ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ހަނިމާދޫ ރައްޔިތުން ދާންޖެހެނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ