މާފުށި މޮނީޓަރިންގ ގެ ހާލަތަށް ގެނެސްފި

ޚަބަރު ފަހުގެ

ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ކ އަތޮޅު މާފުށި މޮނީޓަރިންގ ގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ގެނެސްފިއެވެ.

އެޗްޕީއޭއިން މާފުށި މޮނީޓަރިންގ ގެ ހާލަތަށް ގެނެސްފައި ވަނީ، އެރަށުގެ ފްލޫ ކްލިނިކް އާއި ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން 12 މީހެއް ބައްޔަށް ޕޮޒިޓިވް ވެފައި ވުމުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިއާއި އެކު މިފަރާތްތަކާއި ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ކުރަން ފަށާފައި ވާކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާފުށި މޮނީޓަރިންގ ގެ ހާލަތަށް ގެނައުމާއި އެކު އެރަށަށް އެޗްޕީއޭގެ ހުއްދަ ނުހޯދާ އަރާފޭބުން މިވަގުތުން ފެށިގެން މަނާވެގެން ދާނެއެވެ.

އައު އަހަރު ފާހަގަ ކުރުމަށް މިވަގުތުވެސް އެރަށުގައި ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން ތިބިކަން ފާހަގަ ކޮށްލެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ