ކޮމަންޑޫ ބައި އިލެކްޝަންގެ ނަންތައް ތަރުތީބުކޮށްފި

ފަހުގެ ސިޔާސީ

ކޮމަންޑޫ ދާއިރާގެ ބައިލެކްޝަނަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ރޭ ގުރު ނަގައިފިއެވެ.

އިންތިޚާބާބެހޭ މައި މަރުކަޒު، ބާ ޖަމާލުއްދީން ސްކޫލްގައި މިކަމަށް އޮތް ބައްދަލުވުމުގައި ނެގި ގުރުގައި ކެންޑިޑޭޓް ނަމްބަރު 1 ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށެވެ. 2 އެއްލިބުނީ ޕީޕީއެމް ކެންޑިޑޭޓު މޫސާ ފަޠުހީ އާދަމަށެވެ. އަދި 3 ލިބުނީ އެމްއެންޕީގެ ކެންޑިޑޭޓް ޙަންނާން އިދުރީސްއަށެވެ.

އިޝްތިހާރު
އިޝްތިހާރު

އީސީން މިހާރު ވަނީ އެ އިންތިޚާބުގެ އޮބްޒާވަރުންނަށާއި، މޮނިޓަރިންނަށް ވުމުގެ ފުރުޞަތު ވެސް ހުޅުވާލައި، އެ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ވެސް ޢިއުލާންކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ