ނަރުސް މޭރީގެ މަރު: ހައްޔަރުކުރި ދިވެހި އަންހެން މީހާގެ ބަންދަށް 15 ދުވަސް

ޚަބަރު ފަހުގެ

ފިލިޕީންސްގެ ނަރުސް މޭރީ ގުރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ދިވެހި އަންހެން މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ފަނަރަ ދުވަސް އިތުރުކޮށްފިއެވެ.

މޭރީ ގުރޭސްގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ދެ މީހުންނެވެ. އެއީ ގްރޭސްގެ ފިރިމީހާ އުމުރުން 29 އަހަރުގެ މާވިން އެވައި އަދި އުމުރުން 24 އަހަރުގެ ދިވެހި އަންހެނެއް ކަމުގައިވާ ހަލީމަތު ލަމްހާއެވެ. ލަމްހާއަކީވެސް އައިޖީއެމްއެޗުގައި މަސައްކަތްކުރާ ނަރުހެކެވެ.

އިޝްތިހާރު
އިޝްތިހާރު

ލަމްހާ ހައްޔަރުކުރީ 16 ޑިސެންބަރުގައެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް މީގެ ކުރިން ކުރިމިނަލް ކޯޓުން ދިން 15 ދުވަސް ނިމެން އަންނާތީ އިތުރު ފަނަރަ ދުވަސް އޭނާގެ ބަންދަށް ކޯޓުން އިތުރުކުރީ އިއްޔެއެވެ.

ފުލުހުން ލަމްހާއަށް ގިނަ ތުހުމަތުތަކެއްކުރާއިރު އޭގެ ތެރޭގައި މޭރީ ގުރޭސް ޤަތުލުކުރަން ރޭވުން ހިމެނެއެވެ. ލަމްހާއަކީ މާވިންއާ ނަހަމަ ގުޅުމެއް ބާއްވާ މީހެއް ކަމަށް ބައެއް މީޑިއާތަކުން އޮތީ މީގެ ކުރިން ރިޕޯޓުކޮށްފައެވެ.

މޭރީ ގުރޭސްގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައިވާއިރު އޭނާ މަރާލާފައިވަނީ އަނިޔާވެރި ގޮތުގައިކަން އެ ޓެސްޓުތަކުން އެނގިފައިވާ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އަމިއްލައަށް މަރުވެފައި ހުއްޓައި ފެނިގެން ކަމަށް ފިރިމީހާ ބުނި ނަމަވެސް އެފަދަ ހެއްކެއް ޕޯސްޓްމޯޓަމްއިން ނުފެންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ